ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓް ހަވާލުކުރަން ފެށުމުން އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެން އެ ކޮމިޝަނުން އޮތީ ފްލެޓް ހަވާލުކުރުން ހުއްޓުވާފައެވެ.
އޭސީސީން މިރޭ ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް ހައުސިން މިނިސްޓްރީއަށް އެ ކޮމިޝަނުން މިއަދު އަންގާފައިވާ ކަމަށެވެ.
އެގޮތުން، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖަޢާކުރުމަށާއި، މުރާޖަޢާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖަޢާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް އެ ކޮމިޝަނުން އެންގިއެވެ.
ފްލެޓް ދިނުން އެ ކޮމިޝަނުން ހުއްޓުވާފައިވާތީ ފްލެޓް ލިބުނު ބައެއް މީހުން މީގެކުރިން ވަނީ އޭސީސީއަށް ވަދެ މުޒާހަރާ ވެސް ކޮށްފަ އެވެ.
ގުޅުންހުރި
ރައީސްގެ ދޮން މަންމައާ ގުޅޭ ޑޮކިއުމެންޓްރީއަށް އެވޯޑް ދިނުމުން އޭސީސީން އެމްއެމްސީއަށް
މާލެއިން ބިމެއް ވިއްކުން: ހައުސިން މިނިސްޓްރީގެ ކުރީގެ އިސް ދެ މީހަކަށް
ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީއަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ޕީޖީ އައްބާސް
ކޮރަޕްޝަނުން ދައުލަތަށް ގެއްލިފައިވާ 1.5 ބިލިއަންގެ ތެރެއިން ހޯދުނީ އެންމެ 100