ރާއްޖެ އާއި އިންޑިއާ އެއްބަސްވާ ގޮތެއްގެ މަތިން އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުން ކުރުން ކުރިއަށް ގެންދަން ދެ ގައުމުން މިއަދު އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ހާރިޖީ މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާއަށް ދެ ގައުމުން އެކުލަވާލައިފައިވާ ހައި ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއު ދެއްލީގައި ވަނީ ބާއްވައިފަ އެވެ.
އެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް އިންޑިއާގެ ހާރިޖީ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، އިންސާނީ އެހީތެރިކަމާއި މެޑިކަލް އިވެކުއޭޝަންތަކުގައި އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުންކުރުން ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވެވޭ ހައްލުތަކެއް ގެނައުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ. އެ ކަންކަމުގެ އިތުރު ތަފުސީލެއް ބަޔާނުގައި ދީފައެއް ނުވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާތަކަށް ހައި ލެވެލް ކޯ ގުރޫޕެއް އެކުލަވައިލަން ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
އެ ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުން މިދިޔަ މަހު 14ގައި ރާއްޖޭގައި ބޭއްވި އިރު، ދެވަނަ ބައްދަލުވުން ބާއްވަން އޭރުވެސް ހަމަޖައްސާފައި އޮތީ އިންޑިއާގަ އެވެ.

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި