ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދެއްވުމަށް ފަހު އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ.
ކެންސަރު ޖެހިވަޑައިގެންފައިވާކަން އިއުލާން ކުރެއްވުމަށްފަހު އެ ބައްޔަށް ފަރުވާ ހޯއްދެވުމަށް ރަމީލާ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އޭރު ރަމީލާ ވިދާޅުވީ، ކެންސަރު ބަލި ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ.
ފަރުވާއަށް ފަހު އަލުން މަސައްކަތަށް ނުކުންނެވުމަށްފަހު ސޯޝަލް މީޑިއާގައި ރަމީލާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯބިވާ މީހުންގެ ކައިރިއަށް ގެއަށް އާދެވުމުން އުފާ ކުރައްވާ ކަމަށެވެ.
”މާބޮޑު ސައިޑް އިފެކްޓެއް ނެތި ނުވަ ކީމޯތެރަޕީ ސެޝަން ނިމިއްޖެ. ފަރުވާގެ ދެވަނަ ފިޔަވަހި ފެށުމުގެ ކުރިން އޮތް މަދު ހަފުތާގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އުންމީދުކުރަން. ދެއްވި ލޯތްބާއި ދުވާތަކާއި ހެޔޮ އެދުންތަކަށް އެންމެނަށް ޝުކުރު އަދާކުރަން،“ ރަމީލާ ވިދާޅުވެފައިވެ އެވެ.



ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20