މި އަހަރުގެ ރޯދަ މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސައި، އެކަން ރައީސް އޮފީހުން ރަސްމީކޮށް މިއަދު އިއުލާންކޮށްފި އެވެ.
ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމީ 17 ޑިސެމްބަރު 2023ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ރޯދަ މަހުގެ ފަހު 10 ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނީ ރައްޔިތުންނަށް ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ މަގުފަހިކުރެއްވުމަށް ކަމަށެވެ.
އެކަން ރަސްމީކޮށް އިއުލާންކޮށް ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ، ރޯދަ މަހުގެ ފަހު 10 ދުވަސް ބަންދުވި ނަމަވެސް އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖައްސަވަންވާނެ ކަމަށެވެ.
އަދި އެކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ހިދުމަތްތައް ދެމުންގެންދާ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާ ބައްދަލުކޮށް، ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ހިދުމަތްތައް ދިނުމުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.




ގުޅުންހުރި
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ވާޖިބެއް: ރައީސް
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް