ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާ ބޮއިކޮޓްކުރަން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.
އެނގިފައިވާގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ވަނީ އެ ޖަލްސާ ބޮއިކޮޓްކުރަން ފާސްކޮށްފައެވެ.
އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. މާދަމާ އިއްވާ ރިޔާސީ ބަޔާނަކީ މަޖިލީހަށް ހުށަހަޅާނެ އެންމެ ވިޝަނަރީ ބަޔާން ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ތައުރީފް ކުރަމުންނެވެ.
އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ މަޖިލިސް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާ ބޮއިކޮޓްކުރަން ނިންމާފައެވެ.
ޖަލްސާ ބޮއިކޮޓްކުރަން ނިންމާފައި މިވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.



