އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެކި މީހުންނަށް ފްލެޓް ދެއްވަން ހާއްސަ ލިސްޓެއް ގެންގުޅުއްވާ ކަމަށް ކުރާ ތުހުމަތުތައް ރައީސް މުހައްމަދު މުއިއްޒު މިއަދު ދޮގު ކުރައްވައިފި އެވެ.
ފަސްޓް ލޭޑީ ސާޖިދާއަށް ކުރާ އެ ތުހުމަތާ ގުޅޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގައި އާންމު މީހަކު އެެއްވެސް ހައްގަކުން މަހުރޫމު ކުރަން އެމަނިކުފާނު އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.
އަދި ފްލެޓެއް، ގޯއްޗެއް ދިންކަމުގައި ވިޔަސް އެކަން ކުރިއަށްދާނީ އިންސާފުވެރިކަމާއެކު ހަމަހަމަކަމާއެކު ދެފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑެއް، އަޅުގަނޑުގެ އަންހެނުންވިޔަސް އަދި އަޅުގަނޑުގެ ރައްޓިއްސެއްވިޔަސް، ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހެއްވިޔަސް އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން، މި ސަރުކާރުން އެއްވެސް މީހެއްގެ ހައްގަަކަށް ނާރާނެ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ މުވައްޒަފެއް ވިޔަސް އެ ކަހަލަ ކަމަކަށް ނުފޫޒުއް ފޯރުވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އެކަމަށް އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
”މިހާރު ނެރޭ ލިސްޓު، ނުވަތަ އެއްވެސް އެކަހަލަ މައުލޫމާތުތަކާ ގުޅޭ ގޮތުން އެ ދައްކާ ވާހަކަތަކަކީ އެއްގޮތަކަށްވެސް ހަގީގަތެއް ހިމެނޭ ކަމެއް ނޫން. އެއީ ސަރުކާރާ މެދުގައި ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިގެން ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެއް.“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!