އެމަނިކުފާނު ވެރިކަމަށް ވަޑައިގަތްއިރު ރާއްޖެ ވަނީ ދުވަހަކު ވެސް ނުދަރާ ވަރަށް ދަރުވާލާފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ތ. ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖެ ވަނީ ދުވަހަކުވެސް ނުދަރާވަރަށް ދަރާފައި ކަމަށާއި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހުރީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވުމުގެ ސަބަބުން ހުއްޓިފައިކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރާނީ ބަޖެޓް ތަންދޭ ވަރަކުން ކޮންމެ ރަށެއްގައިވެސް ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
”މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސަރުކާރާ ހަވާލުވީއިރު ދުވަހަކުވެސް ރާއްޖޭގެ ދަރަނި ނުދާހާ ވަރަށް ވަނީ މައްޗަށް ގޮސްފައި. ރައްޔިތުންގެ ބޮލަށް ޖެހޭ ދަރަނި ވަނީ ދުވަހަކުވެސް މައްޗަށް ނުދާވަރަށް ގޮސްފައި. ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑު. ކޮންޓެކްޓަރުން ގިނަ ރަށްތަކުގައި ވަނީ މަސައްކަތް ފަށާ ހުއްޓިފައި. ނަމަވެސް މި ދެމަހު އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ފެށިފައި“ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ރާއްޖެއަށް އަންނަ، ކަމާގުޅޭ ބައިނަލްއަޤްވާމީ އެކިއެކި އިދާރާތަކުންވެސް އެކަން ބަލައިގަންނަކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރިޔާސީ ކެމްޕެއިންގައި ހުށަހެޅުއްވި އިޤްތިޞާދީ މެނިފެސްޓޯ ރައްޔިތުން ބަލައިގަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ދާދިފަހުން އައިއެމްއެފް އަދި ވަރލްޑް ބޭންކުގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައި ހުރި އިޤްތިޞާދީ ހުރިހާ ކަމެއް، އެއީ ރާއްޖޭގައި މިހާރު މި އޮތް އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އޮތް ހައްލުކަމުގައި ބަލައިގަންނަކަމަށާއި، އަދި އެކަމަށް އެބޭފުޅުން އެއްބާރުލެއްވުން ދެއްވާނެކަމަށް ވިދާޅުވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ.




ގުޅުންހުރި
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި