ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ (ޕީއެސް) ފާތިމަތު ނިލްފާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރަކު ވިދާޅުވީ ނިލްފާ އިސްތިއުފާ ދެއްވީ މިނިސްޓްރީގެ ތެރޭގައި މަސައްކަތް ކުރާނެ މާހައުލެއް ނެތް ކަމަށް ވިދާޚޔވެ ކަމަށެވެ.
އެ މެމްބަރު ވިދާޅުވީ ނިލްފާ އިސްތިއުފާ ދެއްވީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެހެންވެ ވަގުތީ ޕާމަނަންޓް ސެކްރެޓަރީއަކަށް އައިޝަތު އަލީ ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ނިލްފާގެ އިސްތިއުފާ ސިޓީގައި އެކަމުގެ ތަފްސީލުތައް ބަޔާންކޮށްފައެއްނުވެއެވެ.
އޭނާ އިސްތިއުފާ ދެއްވުމުން އެ މަގާމަށް މީހަކު ހޯދަން މިހާރު ވަނީ އިއުލާންކޮށްފައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މިނިސްޓްރީގެ ޕީއެސް ކަމާ ހަވާލުވެވަޑައިގަތް ނިލްފާ ވަނީ މީގެކުރިން ހިައުމަންރައިޓްސް ކޮމިޝަންގައި 20އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.



ގުޅުންހުރި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި