މޯލްޑިވިއަންގެ ޕައިލެޓަކާއި ކުރޫންނާ ދިމާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، އިންޒާރުދީ އެ މީހުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަމަލު ކުރެއްވި މައްސަލާގައި އެ ކުންފުނީގެ ފްލައިޓުތަކުން އޭނާއަށް ވަގުތީ ގޮތުން ދަތުރު ނުކުރެއްވޭ ގޮތަށް ހަދައިފި އެވެ.
މޯލްޑިވިއަންގެ ޕައިލެޓަކާއި ކުރޫންނާ ދިމާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، އިންޒާރުދީ އެ މީހުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަމަލު ކުރި މައްސަލާގައި އެ ކުންފުނީގެ ފްލައިޓުތަކުން އޭނާއަށް ވަގުތީ ގޮތުން ދަތުރު ނުކުރެއްވޭ ގޮތަށް ހަދައިފި އެވެ.
މޯލްޑިވިއަންގެ ސީ ޕްލޭނަށް އަރާ ޕްލެޓްފޯމެއް މަތީ، އެ އެއާލައިންގެ ޕައިލެޓަކާއި ކުރޫންނާ ދިމާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، އިންޒާރުދީ އެ މީހުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ޖާމިރު އަމަލު ކުރެއްވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ އިއްޔެ އެވެ.
އެ ވީޑިއޯއިން ޖާބިރު ކޯފާވެ، ޕައިލެޓަށް އެކި ކަހަލަ އިންޒާރު ދެއްވައި، ހަޑި ހުތުރު ބަހުރުވައިން ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ. އަދި ޕައިލެޓް ހައްޔަރު ކުރަންޖެހޭ ކަމަށް ވިދާޅުވެ، ޕައިލެޓް ތުބުޅި ދިގުކޮށްގެން ހުރުމުން އެކަމަށްވެސް ހަޖޫ ޖައްސަވާފައިވެ އެވެ.
”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލަ މޯލްޑިވިއަންގެ ފަރާތުން ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ. އަދި އެ ކުންފުންޏާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ގުޅިގެން އެ މައްސަލަ ވަކިން ތަހުގީގެއްވެސް ވަނީ ފަށައިފަ އެވެ.
އެނގިފައިވާ ގޮތުގައި ޖާބިރަށް ވަގުތީ ގޮތުން ދަތުރުނުކުރެވޭ ގޮތް ހެދީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެވެ. ޖާބިރަށް ފިޔަވަޅު އަޅާނީ އެ ތަހުގީގަށްފަހު އެވެ.




ގުޅުންހުރި
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން