އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީގެ މެމްބަރުންގެ ވޯޓުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް އެމްޑީޕީން ހުށަހަޅައިގެން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ރައީސާއި ނައިބު ރައީސް ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނާ ގޮތަށެވެ.
އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސަރުކާރުންނެވެ. އެ ހުށަހެޅުމުގައި އެ އިސްލާހަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދޭންވެސް އެދުނެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.
އަދި ޖުމްލަ މެމްބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން އަމަލުކުރި ގޮތް ދެމި އޮންނަން ޖެހޭ ކަމަށް އެ އަމުރުގައިވެ އެވެ.
”މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރު ނެރެންޖެހޭ ހާލަތެކެވެ.“ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަޣުލަބިއްޔަތުން ނެރުއްވި އެ އަމުރުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ގްރީނަށް ޖޫރިމަނާއަކާއެކު ފިޔަވަޅު އަޅައިފި، ވެލެންސިއާއިން ނިންމުން ބަލައެއް ނުގަތް
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި