ގައުމަށް ތެދުވެރިވެ، ދީނަށް ހުރުމަތްތެރިކޮށް ހިތައި އަދި ދައުލަތަށް ވަފާތެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައި ވިދާޅުވީ، އަލީ ރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހިންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ މާތް ﷲ ހައްގަށް ނަސްރު ދެއްވާނެ ކަމާއި އެއީ ބިމުގެ ކުދަކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން ކަމަށެވެ.
އަދި ދިވެހީންގެ ކާބަފައިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށް، ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދެއްވި ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯއްދަވާނެ ކަމަށާއި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހައްދަވާނެ ކަމަށެވެ. އަދި އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެންނަ ކަމަށާއި އެފަދަ ދުވަހެއް ރާއްޖެއިން ދެކެން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
”އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަހުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިހުލާސްތެރި އިލްތިމާސަކީ މިއީ. ގައުމަށް ތެދުވެރިވާށޭ! ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި
ވައިބާ އާއި ފޭސްބުކް ހެކުކޮށް މީހުންގެ އަތުން އަތުލި ފައިސާ 6
ބަންކަރިން ހިދުމަތް ފަށަން ފުރިހަމައަށް ތައްޔާރު، މިހާރުވެސް ބުކިންތައް ދަނީ ލިބެމުން:
ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ލިސްޓަށް ކ. އަތޮޅުގެ 3 ފަޅެއް،
ޕީީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި
ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
ބަންކަރިންގެ ދެވަނަ ފިޔަވަހި: ހޯރަފުށި ފަޅުގައި ޕޯޓަކާއި ކްލަބް ހައުސްއެއް، އިހަވަންދޫގައި