އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނަމުގައި ސައްހަ ނޫން ފްލެޓް ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރު ކުރާތީ އެ ކޮމިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.
އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ދޫކުރަން ނިންމި 4000 ފްލްޓް ދޫކުރަން ނިންމިގޮތުގެ ތަހުގީގު ކުރިއަށްދިޔައިރު، ތަހުގީގުގެ ބޭނުމަށް އެކުލަވާލި ލިސްޓެއް ރައްޔިތުންގެ މަޖިލީހާއި ހައުސިން މިނިސްޓްރީއާ އެ ކޮމިޝަނުން ހިއްސާކުރި ކަމަށެވެ. އެ ލިސްޓް ހިއްސާކޮށްފައި ވަނިކޮށް އެ ކޮމިޝަނުގެ ނަމުގައި ސައްހަ ނޫން ފްލެޓް ލިސްޓެއް ”އެކްސް“ ގައި މިއަދު އާންމުކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުން މީޑިއާއަށް ދީފައިވާ މައުލޫމާތުގެ އިތުރަށް ފްލެޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާނެ ކަމަށެވެ.
”…ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް މީސްމީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ކަމަކަށްވާތީ، އެކަމާ މެދު މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ވާހަކަ ދަންނަވަން،“ އޭސީސީން ނެރުނު ބަޔާނުގައި ބުންޏެވެ.
ތަހުގީގަށްފަހު އެ ކޮމިޝަނުން ބުނީ ކުރީގެ ސަރުކާރުން ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4000 މީހުންގެ 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ ބައެއް ކަމަށެވެ.
ފްލެޓް ހަވާލުކުރުން ލަސްވެ، އެކި އިދާރާތަކުން އެކި ފަހަރު އެކި ގޮތްގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ ފްލެޓަށް އެދި ފޯމް ހުށަހެޅި ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.




ގުޅުންހުރި
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ