ޑިސެމްބަރ 13, 2024

ކުޅުދުއްފުށި ސިޓީ ގެ ހަތަރު މަގެއްގައި ތާރު އަޅާނިމިއްޖެ، މަސައްކަތް ދަނީ ބާރަށް ކުރިޔަށް

ކުޅުދުއްފުށި ސިޓީ މަގުތަށް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ހަތަރު މަގެއްގައި ތާރު އަޅާނިމިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން ބުނީ  މިހާތަނަށް 4 މަގެއްގައި ތާރު އަޅާނިމިފައިވާއިރު މިހާރު ކުރިޔަށްދަނީ އެމަގުތަކާއި ގުޅޭ ގޯޅިތައް އަދި މަގުތަކުގައި ބެލްމައުތް އެޅުމުގެ މަސައްކަތްކަމަށެވެ. މީގެ އިތުރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް އާރުޑީސީން ވަނީ ބުނެފައެވެ.

އެމަގުތަކުގައި މިހާރު ކުރެވެމުންދާ މަސައްކަތް:

  • ދުވާރުގެ މަސައްކަތް
  • ދުވާރު ކައިރީގައި ޖަހާ ކާރބް ސްޓޯންޖެހުމާއި ކޮނެގެން ކުރަންޖެހޭ މަސައްކަތް
  • ނިމިފައިވާ މަގުތަކުގެ ފަސްގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމާއި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް

ކުޅުދުއްފުށީ ސިޓީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީން ބާރުސްޕީޑްގައި ކުރިޔަށް ގެންދާއިރު ހއ އިހަވަންދޫ މަގުތަށްވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްވެސް އާރުޑީސިންވަނީ މިހާރު ފަށާފައެވެ.

Leave a Reply