މަތިވެރި ދާއިރާގައި ހިނެނޭ ރަށްތަކުގައި ވެރިކަންކުރާ ޕީއެންސީގެ ސަޕޯޓް އޮތީ އޭނާއަށް ކަމަށް އެ ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިއަދު ވަނީ އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅުއްވާފައެވެ. އެ ދާއިރާއަށް ޕީއެންސީން ވާދަކުރައްވަނީ އަބްދުﷲ ލުތުފީއެވެ.
ދާދިފަހުން އެމްޑީޕީން ޕީއެންސީއާ ގުޅިވަޑައިގަތް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޒަރީރު މިއަދު ވިދާޅުވީ އެ ދާއިރާގެ ރަށްތަކުގެ ޕީއެންސީގެ ސަޕޯޓަރުން ތާއީދު ކުރަނީ އޭނާއަށް ކަމަށެވެ. އަދި ފަސޭހަކަމާއެކު އެ ގޮނޑި ދިފާއު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ދާދިފަހުން އެމްޑީޕީން ޕީއެންސީއާ ގުޅިވަޑައިގެންނެވި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވެސް ވަނީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވަން ފޯމު ހުށަހަޅުއްވާފައެވެ.
ކުރެންދޫ ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީން ވާދަކުރައްވަނީ އާދަމް ތައުފީގެވެ. ޣަނީ ވެސް އެ ދާއިރާއަށް ތާއީދު ކުރައްވަނީ އޭނާއަށް ޕީއެންސީގެ މެމްބަރުންގެ ސަޕޯޓް އޮތް ކަމަށް ވިދާޅުވެއެވެ.




ގުޅުންހުރި
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު