ގުޅިފަޅު ހިއްކުން ހުއްޓާލަން ހައިކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމުން އެއީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ ކަމެއް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން އާންމު ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެ ފަރާތުން އެދުނަސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ މައްސަލައިގައި ކޯޓުން ހުކުމް ކުރަންދެން ގުޅިފަޅު ހިއްކުން މަޑުޖައްސާލުމަށް އަމުރެއް ނެރެފައެވެ.
އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިރޭ އެކްސްގައި ވިދާޅުވީ ކުޅިފަޅު ހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ދައުލަތަށް ލިބެމުންދާނެ ކަމަށެވެ.
ގުޅިފަޅު ހިއްކުން ހުއްޓުވާފައި ވަނީ ބިންހިއްކުމުގެ 90 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.
އެހެންކަމުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމީ ކަމަށް އުޝާމް ވިދާޅުވިއެވެ.




ގުޅުންހުރި
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި