ކުރިއަށް އޮތް ރޯދަމަހުގައި މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަސް ފޯކްލިފްޓް އިތުރުކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހަކީ މާލޭ ވިޔަފާރި ބަނދަރަށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާ މަހެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހަށް އެމްޕީއެލް އިން ދުރާލާ ތައްޔާރުވެ އެވެ.
އެމްޕީއެލް އިން އިއްޔެ ބުނީ، ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކްލިއާކޮށް، ވިޔަފާރީވެރިންނަށް ވީހާވެސް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ކޮންމެ ރޯދަމަހަކުވެސް އެ ކުންފުނީގެ އޮޕަރޭޝަންސްތަކަށް ބަދަލުތަކެއް ގެންނަ ކަމަށެވެ.
އެގޮތުން މި އަހަރުގެ ރޯދަމަހު މުދާ ކްލިއާކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހެލި ބްރޭންޑްގެ 3.5 ޓަނުގެ ފަސް ފޯކް ލިފްޓު އޮޕަރޭޝަނަށް އިތުރުކޮށްފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުންވެސް ރޯދަމަހު މުދާ ކްލިއާކުރުމުގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާ ކުރުމަށް އިތުރު މަސައްކަތައްވެސް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން ބުންޏެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް