ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ބޭންކު އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ޖާބިރުގެ އެކައުންޓްތައް ފްރީޒް ކުރަން އަމުރު ނެރުނީ އިއްޔެއެވެ.
އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޖާބިރު އޭނާއަށް ނުދައްކާ އޮތް ހަ ލައްކަ ޑޮލަރު ހޯދުމަށެވެ.
އެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އެ ފައިސާ ހޯދަން ގުޅުމުން ހުތުރު އެއްޗިހިތަކެއް ކިޔުމަށްފަހު ފައިސާ ނުދޭނެ ކަމަށް ޖާބިރު ބުނެފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ބަލައި ހުކުމް އިއްވަންދެން ރާއްޖޭ އެއްވެސް ބޭންކެއްގައި ޖާބިރުގެ އެކައުންޓެއް ހުޅުވާފައިވާނަމަ، އެ އެކައުންޓެއް ފްރީޒް ކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.




ގުޅުންހުރި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި