ޓޫރިޒަމްގެ އެންމެ ބޮޑު އަދި މަހުޖަނުން ހިމެނޭ ޖަމިއްޔާ (މަޓީ)ގެ ބޯޑު މެންބަރު ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ހިމެނޭހެން ދެ ބޭފުޅަކު އިންތިހާބުކޮށްފި އެވެ.
މަޓީގެ 34 ވަނަ އަހަރީ ޖަލްސާ ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި އިރު، އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މެންބަރު ކަމަށް ޝަރީފުގެ އިތުރުން ދެން އިންތިހާބު ކުރީ ރިޓްސް ކާލްޓަން މޯލްޑިވްސް އަދި ފަރި އައިލެންޑްސްގެ ޖެނެރަލް މެނޭޖަރު ރެނާޓޯ ދި އޮލިވޭރާ އެވެ. އޭނާއަކީ މެރިއޮޓް އިންޓަނޭޝަނަލް ތަމްސީލު ކުރައްވާ ބޭފުޅެވެ.
މަޓީން ބުނި ގޮތުގައި އެ ޖަމްއިއްޔާގެ 120 އަށް ވުރެ ގިނަ މެންބަރުންގެ ތެރެއިން 100 މެމްބަރަކު ބައިވެރިވެގެން ބޭއްވި އަހަރީ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މަޓީގެ ހިންގާ ކޮމިޓީގައި ދެން ތިއްބަވާ ބޭފުޅުންނަކީ:
- ޗެއާމަން: ޔުނިވާސަލްގެ ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)
- ވައިސް ޗެއާމަނުން: ޗަމްޕާ ގުރޫޕްގެ ވެރިޔާ ހުސައިން އަފީފް އަދި ވޮޔޭޖަސް މޯލްޑިވްސްގެ ހިއްސާދާރު ސަލާހު ޝިހާބު
- ސެކްރެޓަރީ ޖެނަރަލް – ކްރައުން ކޮމްޕެނީގެ ހިއްސާދާރު އަހުމަދު ނަޒީރު




ގުޅުންހުރި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް: