މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ތަރުޖަމާނަކަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހަމަޖައްސައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީން ވަނީ އެ މަގާމަށް އީސަ ހަމަޖެއްސިކަން ހާމަކުރައްވާފައެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި އީސަ ވާދަނުކުރައްވައެވެ. އީސަ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ދާއިރާ ތަމްސީލު ކުރައްވާފައެވެ. އެއަށްފަހު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވިޔަސް އެފަހަރު ލިބުނީ ނާކާމިޔާބެވެ. ނަމަވެސް އޭގެފަހުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރައްވައި ކާމިޔާބު ކުރެއްވިއެވެ.
މިފަހަރުގެ އިންތިހާބުގައި އެމްޑީޕީން 89 ދާއިރާއަކަށް ވާދަ ކުރެއެވެ. ވާދަނުކުރަނީ ހަތަރު ދާއިރާއަކަށެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ސުޕަމެޖޯރިޓީ ހޯދާފައިވެއެވެ. އެ ފަހަރު 65 ގޮނޑި ކާމިޔާބުކުރިއެވެ.
އެމްޑީޕީން އަންނަނީ އެކި ދާއިރާތަކުގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ފަށައިގެން ކުރިއަށްގެންދަމުންނެވެ.

ގުޅުންހުރި
އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި
މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވަނީ
70،000 ރުފިޔާ ރިޓާޔަމެންޓް އެލެވެންސްގެ ގޮތުގައި މުއުތަސިމްއަށް ނުދޭން ނިންމައިފި
މާންދީ ދެއްކި ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނު ކަން
އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު، ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތް
އަނބިމީހާ/ ފިރިމީހާއަށް ގޯތި ލިބުނަސް ފްލެޓް ލިސްޓުން އުނި ނުކުރަން ނިންމައިފި