އެ މަނިކުފާނުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ކަމަށާއި ލޯބިވަނީވެސް ކޮންމެ ރައްޔިތެއް ދެކެ ހަމަހަމަކަމާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިއްޔަށް ރޭ ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެ މަނިކުފާނަށް ކޮންމެ ރައްޔިތަކުވެސް މުހިންމު ކަމަށެވެ. އެހެންވެ، އެންމެ 100 މީހުން އުޅޭ ކުޑަ ރަށާއި 3000 ނުވަތަ 4000 މީހުން އުޅޭ ރަށްވެސް އެ މަނިކުފާނަށް ހަމަހަމަވާނެ ކަމަށް ވިދާޅުވި އެވެ.
”އެންމެ ކުޑަ ރަށުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން އޮތީ، އެ ވާހަކަ. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ކުރުމުގައި، އެއީ ސަރަހައްދީ ތަރައްގީގެ މިންގަނޑުން ކުރާ ތަރައްގީ. އެކަން އެގޮތުގައި ކުރިއަށް ދިޔައިމަ، ދުރު ރާސްތާގައި، މި ދެންނެވީ ހަމަހަމަކަމާ އެކީގައި، ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ތަރައްގީއެއް ގެނެސްދެވޭނީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެކި ސަރަހައްދުތައް ތަރައްގީ ކުރުމުން ދުރު ރާސްތާއަށް އެ ކުރެވޭ ކަމަކީ ކުދިކުދި ރަށްރަށުގެ ރައްޔިތުންގެ އަމިއްލަ އިހުތިޔާރުގައި އެ ތަންތަނަށް ހިޖުރަކޮށް، އެތަނުގައި ވަޒަންވެރިވުން ކަމަށެވެ. އާމްދަނީ ގޮތުންނާއި ތައުލީމީ ގޮތުން އަދި ސިއްހީ ގޮތުން ބެލިޔަސް އެއީ ދާއިމީ ހައްލަކަށްވާނެ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް: