ރޯދަ މަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު އިދިކޮޅު އެމްޑީޕީން ދީފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ރޯދަ މަހު މަޖިލިސް އިންތިޚާބު ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ރަނގަޅު ހުއްޖަތެއް ނޫން ކަމަށެވެ.
ސަލީމް ވިދާޅުވީ ރޯދަ މަހު އިންތިޚާބު ބާއްވަން އުޅޭނަމަ ދެން އޮތް ގޮތަކީ އެ ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ކަމަށެވެ.
”އެހާ ސާފުކޮށް އޮތް ކަމެއްގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނު އެއީ ސަބަބެއް ކަމަށް ދައްކަވާފައި، އަސްލު ސަބަބެއް ނުވެސް ނެތް މިކަމުގައި، މިކަން ކުރިއަށް ގެންދަވާ ކަމުގައި ވަނީ ނަމަ ދެން އޮތް ގޮތަކީ އަޅުގަނޑުމެންނަށް އެބޭފުޅުންގެ މައްޗަށް އޮތް އިތުބާރު ގެއްލޭކަން ދެއްކުން ދެއްތޯ. އެމަގުން އެކަން ކުރަންވިޔަސް އަޅުގަނޑުމެން އެކަން ކުރާނަން،“ ސަލީމް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބު ރޯދަ މަހު ބޭއްވުން މަނާ ކަމަށް ކަނޑައަޅައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް ތަސްދީގު ނުކުރައްވައެވެ.
އެ ބިލް ތަސްދީގު ނުކޮށް ލަސްވާ ސަބަބެއް ވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ.
މި ހަފްތާގައި ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރޯދަ މަހު އިންތިހާބު ބޭއްވުން އެއީ މައްސަލައެއް ނޫން ކަމަށެވެ.
ގުޅުންހުރި
ތައިލެންޑުގެ ސަފީރަކަށް ފުއާދު އައްޔަންކުރައްވަން މަޖިލީހަށް ފޮނުއްވައިފި
ރައީސް ވިދާޅުވީ އެންމެ އިސްކަންދޭ އެއްކަމަކީ ރާއްޖެ ޑުރަގުން އެއްކޮށް ސަލާމަތްކުރުން
ބޮަޑު ޑްރަގް ބަސްޓެއް! ލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ ޑްރަގު
ހޯކްސްގެ ބޯޓަކުން ވަގަށް ސިނގިރޭޓް އެތެރެކުރުން: އިހުސާން އާއި އަމީން ކޮމިޓީއަށް
ސިއްރު ބައްދަލުވުމެއްގައި އޭސީސީ އާއި އީސީގެ 5 މެންބަރަކު ވަކިކުރަން ފާސްކޮށްފި
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް