މި އަހަރަށް ދައުލަތުގެ ބަޖެޓް ފާސްކުރި އިރުގައި، ކުރިން ފަށާފައިވާ މަޝްރޫއުތައް ނިންމަން އެކަށީގެންވާ ވަރަށް ފައިސާ ހިމަނާފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުފަން ރަށް، އދ. ވަށަފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ބަޖެޓް ފާސްކުރާއިރު އޭގެ ކުރީ އަހަރު ކުރިއަށް ގެންދަން ފަށާފައިވާ މަޝްރޫއުތައް ނިންމަން ބޭނުންވާ ފައިސާ ބަޖެޓުގެ ތެރޭގައި ހިމަނާ ކަމަށެވެ.
ނަމަވެސް މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިނގަހިނގާ ހުންނަ މަޝްރޫއުތައް ނިންމުމަށް އެކަށީގެންވާ ވަރަށް ފައިސާ ހިމަނާފައި ނުވާތީ، އެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.
”ބަޖެޓުގެ ތެރެއިން ހިނގަހިނގާ ހުންނަ މަޝްރޫއުތައް ނިންމަން ކޮންމެ އަހަރަކުވެސް ހިމަނާނެ އެ މަޝްރޫއު ނިމޭވަރަށް ފައިސާ. އެހެން ނަމަވެސް މި އަހަރުގެ ބަޖެޓް ފާސްކުރި އިރު، އަޅުގަނޑުމެނެއް ނޫން ބަޖެޓް ހެދީކީއެއް، ބަޖެޓް ފާސްކުރީކީވެސް. ފާސްކުރި އިރުގައި މަޝްރޫއުތައް ނިންމުމަށް އެކަށީގެންވާވަރާ ގާތަށްވެސް ބަޖެޓުގައި ފައިސާ ހިމަނާފަ ނެތީ. އެހެންވީމަ ގިނަ ހިނގަހިނގާ ހުންނަ މަޝްރޫއުތައް ނުނިމިގެން މި އުޅެނީ،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި