މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސް އިން މިއަދު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި 5.1 ބިލިއަން ރުފިޔާގެ މުދަލަކީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ އެތެރެކުރި 3.9 ބިލިއަން ރުފިޔާގެ މުދަލަށްވުރެ 31 ޕަސެންޓް އިތުރު އަދަދެކެވެ.
ޖެނުއަރީ މަހު ރާއްޖެ އެތެރެކުރި މުދަލުގެ އަގު އިތުރުވި ނަމަވެސް އެ މަހު ބޭރު ކުރި މުދަލުގެ އަގު ވަނީ 31 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 251 މިލިއަން ރުފިޔާގެ މުދާ ބޭރު ކުރި އިރު، މި އަހަރުގެ ޖެނުއަރީ މަހު ބޭރުކޮށްފައި ވަނީ 173 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ 78 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ރާއްޖެއިން ބޭރު ކުރި މުދާ މަދުވި ނަމަވެސް މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލައި އިރު، މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ލިބުނު އާމްދަނީ ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި 349 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ ޖެނުއަރީ މަހު ؛ލިބުނީ 373 މިލިއަން ރުފިޔާ އެވެ.
ޖެނުއަރީ މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އިމްޕޯޓް ކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، އޮމާން، އިންޑިއާ، ޗައިނާ އަދި ސިންގަޕޫރެވެ. އެންމެ ގިނައިން މުދާ ބޭރު ކުރީ ތައިލޭންޑާއި ޖަރުމަނާއި އިނގިރޭސި ވިލާތާއި ބަންގްލަދޭޝް އަދި އިންޑިއާއަށެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި