އަބަދުވެސް އެމްޑީޕީގެ ލީޑާޝިޕްގައި ދެމި ހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭން ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިނުލެއްވީ ގިނަ ބޭފުޅުން ޕާޓީގެ ލީޑާޝިޕްގައި ހަރަކާތްތެރިވާން އެމަނިކުފާނު ބޭނުންފުޅުވާތީ ކަމަށެވެ.
”ޕާޓީގެ ގިނަ ބަޔަކު ލީޑާޝިޕުގައި ތިބެގެން، އެކީގައި މަސައްކަތް ކުރެވޭނެ މާހައުލެއް އަނެއްކާ ވެސް ހޯދަން ޖެހިއްޖެ، އަޅުގަނޑުމެންގެ އާ ރައީސް އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމުން އަނެއްކާ ވެސް އާ ހިތްވަރެއް ލިބުނު،“ ޝާހިދު ވެސް އިންނެވި ޖަލްސާގައި ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިރޭ ވަނީ ޕާޓީގެ ކަންކަމާ ދުރަށްވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ މެމްބަރުންނަށް ދެއްވާފައެވެ.
މީގެއިތުރުން އެމްޑީޕީއަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
”އެމްޑީޕީގައި އަޅުގަނޑު ހުންނާނަން، ލީޑާޝިޕުގައި އަޅުގަނޑު ހުންނާނަން، މި ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ މިފަދަ ދަނޑިވަޅުތަކުގައި، އަނެއްކާ ވެސް ޕާޓީގެ ސަފުތައް ތަރުތީބު ކުރަން، އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރާނަން،“ އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމުގެ މިސްރާބު ދަނީ ރަނގަޅަށް ނޫން ކަމަށާއި ހާލަތު ބަލަން އިތުރަށް ނުތިބެ ހަމަމަގަށް އަޅުވަންޖެހިފައިވާ ކަމަށެވެ.
ގައުމު ހާލަތު އިތުރަށް ބަދަލު ނުކޮށްފި ނަަމަ ސަރުކާރުން މަސްވެރިންނާއި ގޯތި ލިބުނު މީހުންނަށް އޮޅުވާލަމުންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި
ހައްޖުވެރިންގެ ސިއްހީ ކުޅަދާނަކަމާ ބެހޭ ސާކިއުލާގައި ވަނީ އާ އުސޫލެއް ނޫން:
ހަންކެޑެގެ ސައިޒު 11.78 ހެކްޓަރަށް ބޮޑުކޮށް، އަލުން ޓޫރިޒަމަށް ހުޅުވާލައިފި
ރައީސް މުއިއްޒުގެ ވެރިކަމަކީ މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން:
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
އިދިކޮޅުން ތިބީ ބަނގުރޫޓު ވެދާނެ ކަމަށް އަތްޖަހަން ތައްޔާރަށް، ވެރިކަމަށް ފޫގަޅައިގެން:
ރައީސް ސާފުކޮށްދެއްވީ އައްޑޫން ވަކި ކައުންސިލުތައް ހެދުމުން ލިބޭނެ ފައިދާތައް