މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމުގައެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކުރިއަށް ގެންދަވާކަމަށާއި އަދި މަގުތައް ހެދުމާއި ހޮސްޕިޓަލްގެ މަސައްކަތާއި، އިންޑޯ އައުޓްޑޯ ކުޅިވަރު ކުޅޭ ކޮމްޕްލެކްސް ހެދުމާއި، މީގެ އިތުރުން ހައުސިންގ ދާއިރާއިން ހުރި ވަޢުދުތައް ހިމެނޭހެން ހުރިހާ ވަޢުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިހުރިހާ ކަމެއް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް މަގު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް މިއަދު ވަނީ މިލަންދޫ ދާއިރާގެ ރަށްތަކަށް ޒިޔާރަތް ކުރައްވައި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ،
ފީވަކު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިހާރު ފަށާފައިހުރި މަޝްރޫޢުތައް ނިންމުމަށް ބޭނުންވާކަމަށާއި، ސުކޫލު އިމާރާތެއް ބިނާކޮށްދެއްވަން ފެށުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފީވަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ރަށުގައި ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އަންހެނުންގެ ކޮމިޓީންވަނީ އެކަނބަލުންނަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ރަނގަޅަށް ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި
ހައްޖުވެރިންގެ ސިއްހީ ކުޅަދާނަކަމާ ބެހޭ ސާކިއުލާގައި ވަނީ އާ އުސޫލެއް ނޫން:
ހަންކެޑެގެ ސައިޒު 11.78 ހެކްޓަރަށް ބޮޑުކޮށް، އަލުން ޓޫރިޒަމަށް ހުޅުވާލައިފި
ރައީސް މުއިއްޒުގެ ވެރިކަމަކީ މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން:
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
އިދިކޮޅުން ތިބީ ބަނގުރޫޓު ވެދާނެ ކަމަށް އަތްޖަހަން ތައްޔާރަށް، ވެރިކަމަށް ފޫގަޅައިގެން:
ރައީސް ސާފުކޮށްދެއްވީ އައްޑޫން ވަކި ކައުންސިލުތައް ހެދުމުން ލިބޭނެ ފައިދާތައް