އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ހަދަމުންދާ ނުވަ އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ބޭނުންވާ 46 ލިފްޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް އެސްޓީއޯއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގެ ދަށުން ކޮންމެ ޓަވަރެއްގައި މަދުވެގެން ފަސް ލިފްޓު ހަރުކުރަންޖެހޭއިރު، އެސްޓީއޯ އިން ބުނީ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައިކޮށް، އިންސްޓޯލް ކުރާނެ ކަމަށެވެ. އެ ޓަވަރުތަކުގައި އިންސްޓޯލް ކުރާނީ ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަގުބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ ”ކޯނޭ“ ލިފްޓު ކަމަށްވެސް ބުންޏެވެ.
ކޯނޭގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރު އެސްޓީއޯ އިން ބުނީ، އެޕޯލޯ ޓަވަރުތަކުގައި ހަރުކުރެވިގެންދާ ”ކޯނޭ“ ލިފްޓުތައް ވެގެންދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓުތަކަށް ކަމަށެވެ.
އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި ”ކޯނޭ“ ލިފްޓު ހަރުކޮށް ދީފަ އެވެ.
ކޯނޭ ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓާ އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަމެވެ. ”މެޝިންރޫމްލެސް“ ލިފްޓް ދުނިޔެއަށް ތައާރަފު ކުރީ މި ބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލަކަށެވެ.




ގުޅުންހުރި
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށަނީ، ރޯދައިގެ ކުރިން ނިންމާނެ
އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި، ޗެއާމަންސް އެވޯޑް ޝަފީގަށް
ހޯރަފުށީ ކައުންސިލުގެ ރައީސް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި
އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ