ރޯދައިގެ ފަހުން މަޖިލިސް އިންތިހާބު ބާއްވަން ލާޒިމްވާގޮތަށް އިންތިހާބާ ބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު އަވަހަށް ތަސްދީގު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިކަމަށް ގޮވާލީ މިއަދު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ
ކުރިން އެ ބިލް ފާސްކުރި ވަރަށް ވުރެ ބޮޑު އަޣްލަބިއްޔަތަކުން އަނެއްކާވެސް އެ ބިލް ފާސްކުރުމުން ރައީސް މުއިއްޒަށް އިތުރު ޗޮއިސްއެއް ނޯންނާނެ ކަމަށެވެ.
އެ ބިލް މިއަދު ފާސްކުރީ 47 މެމްބަރުންގެ ވޯޓުންނެވެ.
ގާނޫނު އަސާސީ ބުނާގޮތުން ތަސްދީގު ނުކުރި ބިލެއް ދެވަނަ ފަހަރަށް މަޖިލީހުން ފާސްކޮށްފިނަމަ އެ ބިލެއް ތަސްދީގު ކުރުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްވާނެއެވެ. އެކަމަކު އެކަމަށް މުއްދަތެއް ދީފައެއްނުވެއެވެ.
އެ ބިލް ފާސްކުރި ފަހުން ނ. ހޮޅުދު އަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަޖިލިސް އިންތިހާބު އޮންނާނީ އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ އަންނަ މަހުގެ 17 ގައި ކަން ވަރަށް ހަރުއަޑުން ވިދާޅުވެފައެވެ.
“17 މާޗުގައި އޮންނަ އިންތިހާބުގައި ތިޔަބޭފުޅުން ނިންމައި ދެއްވަންވީ މުސްތަގުބަލް. އަޅުގަނޑު އުއްމީދު ކުރަނީ ރައްޔިތުން އެދޭ މިސްރާބަށް ގެންދިއުމަށް އަތުކުރި އޮޅާލައިގެން ސަރުކާރާ އެކު ކުރިއަށް ދާން،” ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
އެމްއެންޑީއެފަށް އިތުރު އަސްކަރީ މަތިންދަބޯޓުތައް ހޯދައި, ސައިބާ ވޯފެއާގެ ކެޕޭސިޓީ އިތުރުކުރަނީ
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
މެކްސިކޯގެ ރައީސަށް މަގުމަތިން ޖިންސީ ގޯނާކޮށްފި