ކުރިއަށް ރޯދަމަހަށް އެސްޓީއޯ އިން ގެންނަން ނިންމާފައިވާ ފިޔާ، އަލުވި އަދި ބިހުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ، ރޯދަމަހު ފިޔާ، އަލުވި އަދި ބިސް ހުސްވިޔަ ނުދީ ހިފެހެއްޓުމަށް އަދި މާކެޓުގައި އަގު ހިފެހެއްޓުމަށް ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ޝިޕްމެންޓްތަކެއް ގެންނާނެ ކަމަށެވެ.
އެގޮތުން އިއްޔެ ފުރަތަމަ ޝިޕްމެންޓް ގެނެސް ވިއްކަން ފަށާފައިވާ ކަމަށް ބުންޏެވެ. ފިޔާ، އަލުވި އަދި ބިސް ވިއްކަމުންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހޯލްސޭލް ސެންޓަރު އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުންނެވެ.
ހޯލްސޭލްކޮށް މުދާ ދޫކުރާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުންނެވެ.
އެސްޓީއޯ އިން ބުނީ، އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ، ބިސް އަދި އަލުވި ފޮނުވާނެ ކަމަށެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށްވެސް ބުންޏެވެ.
ފިޔާ، އަލުވި އަދި ބިހުގެ އިތުރުން އެސްޓީއޯ އިން ވަނީ ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެންނަން ނިންމައިފަ އެވެ.
އެސްޓީއޯ އިން ބުނީ، ފިޔާ، އަލުވި އަދި ބިހުގެ އިތުރުން ދެން އެ ކުންފުނިން ގެންނާނީ ބާޒާރުގައި އަގުތަށް އަރައިގެންދާ ކަމަށް ފާހަގަކުރެވޭ ތަކެތި ކަމަށެވެ. އަދި ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި، މާކެޓުގައި ޒަރޫރީ ބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަ ނަމަ އެ ކުންފުނިން އެކަމުގެ ތެރެއަށް ވަދެ، އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާނެ އެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި