ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރުމަށް އިއްޔެ ރާއްޖޭގައި ފެށި އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން ފުރަތަމަ ދަތުރު ކުޅުދުއްފުށިން މާލެއަށްކޮށްފި އެވެ.
ކުޅުދުއްފުށީގައި އޮތް ހާލުބޮޑު ބަލި މީހަކު ގޮވައިގެން އެއާ އެމްބިއުލާންސް މާލެ އައިސްފައިވަނީ ރޭ މެންދަމު 3:20 ހާއިރެވެ.
ހެލްތް މިނިސްޓްރީއާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދޭން ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގައި މިވަގުތު ބޭނުން ކުރަމުންދަނީ މޯލްޑިވިއަން އިން ބޭނުން ކުރަމުން އައި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެކެވެ.
އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ އޮކްސިޖަންއާއި ވެންޓިލޭޓަރުގެ އިތުރުން އިމަޖެންސީ ދޭންޖެހޭ އިންޖެކްޝަން ފަދަ ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ.
ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި، އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހާއްސަކޮށްގެން 15 ސިއްހީ ހިދުމަތްތެރިއަކު ވަނީ ތަމްރީނުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުންގެ އިތުރުން ފަސް އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.




ގުޅުންހުރި
ފަހި ފްލެޓު ސަރަހައްދު ”ގޮނޑުކޮށްލި“ މައްސަލައިގައި ޖޫރިމަނާކުރަން ފަށައިފި
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން ފާސްކޮށްފި