މި ސަރުކާރުން ރާއްޖޭގައި ތަރައްގީ ކުރަން ނިންމާފައިވާ ހަތް އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަދި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްގީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރައްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގެ ކުރިން ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިގުތިސާދު ވަރުގަދަކޮށް، ފަސޭހަ ކަމާއެކު އަނބުރާ ދެއްކޭނެ ލުއި ލޯނު ސްކީމް ތައާފަރުކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
އަދި ސޯޝަލް ހައުސިންއަށް ކުރަމުން އަންނަ މަސައްކަތްތަކާއި ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ކުޅިވަރުގެ ދާއިރާ، އުމްރާނީ ތަރައްގީގެ ދާއިރާ، އިޖުތިމާއީ ތަރައްގީގެ ދާއިރާއާއި ދެންވެސް ހުރި އެކިދާއިރާތަކަށް ސަމާލުކަން ދީގެން އެކަންކަން ކުރިއަށް ގެންދަވާނެކަމުގައި ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ނުރައްކާވާ މިންވަރަށް ވައި ނުސާފު ދުވަހެއް، ކުރިއަށް އޮތް 5 ދުވަސް
އުމްރާއަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ
ކިލޯއަކަށް ވުރެ ގިނަ ޑުރަގާއެކު ދެ މީހުން ހައްޔަރަށް، ބަންދަށް ޖެހީ
ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލާގައި ފަޒީންއަށް
އެޑްމިޓް ކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެންނަނީ
ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލައި، 44 މިލިއަން ރުފިޔާ އިން