އިޒްރޭލުގެ ޔަހޫދީ ސިފައިން ހަމަލާދީ ފަލަސްތީންގެ 13 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި އެވެ.
އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން، މުހައްމަދު ހާލިދު ޒައިދު ޝަހީދުކޮށްލީ ޖަލަޒޮން ރެފިއުޖީ ކޭމްޕު ކައިރީގައި އުޅެނިކޮށް މެޔަށް ހަމަލާދީގެންނެވެ.
އަދި އޭނާ ރާމަﷲ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފަލަސްތީން ރެޑް ކްރެސެންޓާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
ފަލަސްތީންގެ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވާ ގޮތުން، އެ ކުއްޖާއަށް ހަމަލާ ދިނުމަށްފަހު ގާތްގަނޑަކަށް ގަޑިއިރެއްހާއިރު މަރަށް ތެޅެން ބޭއްވި އެވެ. ފަލަސްތީންގެ އެމްބިއުލާންސް ހިދުމަތަށް އެކަން އެންގީ އެއަށްފަހު ކަމަށްވެސް ބުނެފައިވެ އެވެ.
މިދިޔަ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި 419 މީހަކު ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި 110 ކުޑަކުދިން ހިމެނެ އެވެ.




ގުޅުންހުރި
ދައުރު ކުރުކުރުމުން ކޮންމެ މެންބަރަކަށް ހަތަރު ލައްކަ ރުފިޔާ މަދުވޭ، އެއީ
ކިނޮޅަސް ކައިރިން ފެނުނު ހަށިގަނޑު އޮތީ ކުނިވެ ހަލާކުވެފައި، ޖިންސު ވެސް
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ސްކޫލުތަކުގައި ދެ ޖިންސު މައްސުނިނުކޮށް ކިޔަައިވައި ދިނުމަށް އިލްމުވެރިން އެދިއްޖެ
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް