އައްޑޫގައި ހަށި ވިއްކަމުންދިޔަ ކަމަށް ބުނާ ދެ ތަނެއް ރެއިޑުކޮށް 10 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ދެ ތަން ރެއިޑުކުރީ އައްޑޫގައި ހަށި ވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަންގައި ހިތަދޫގެ ގެއެއް ބަލައިފާސްކޮށް ދިވެހި 2 ފިރިހެނުންނާއި ތައިލެންޑް 3 އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.
އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް 14 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ރެއިޑު ކުރި ދެވަނަ ތަނަކީ މަރަދޫގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެކެވެ. އެތަނުން ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނެއް އަދި މިޔަންމާ ފިރިހެނެއްގެ އިތުރުން ތައިލެންޑް 2 އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތައިލެންޑް 2 އަންހެނުންނާއި ދިވެހި ފިރިހެން މީހާ އަދި މިޔަންމާ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް އަދި އިންޑިއާ މީހާގެ ބަންދަށް ހަތަރު ދުވަސް ޖަހާފައިވާ ކަމަށެވެ.




ގުޅުންހުރި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
ރާއްޖޭގެ 52 ދަނޑުވެރިއަކު ތަމްރީނަށް ލަންކާއަށް
ހުޅުމާލޭ ޖަލުގެ އިތުރު ގައިދީއަކު މަރުވެއްޖެ
މެއި/ޖޫންގައި އަމިއްލަގޮތުން އޭ ލެވެލް ހެދޭގޮތަށް ހަމަޖައްސައިފި
ހާލު ދެރަވެގެން ފަރުވާ ހޯދަމުންދިޔަ ގައިދީއަކު މަރުވެއްޖެ
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް