ބޭނުންވާ ތަކެތި
- 1 ކިލޯ ކުކުޅު (ތުނި ފޮއްޗަށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ތެޔޮ
- 1 ސައިސަމުސާ ޗިލީ ޕައުޑަރު
- 1 ސައިސަމުސާ ކޭޖުން ސީޒަނިން
- 1 ސައިސަމުސާ ގާލިކް ޕައުޑަރު
- 1 ސައިސަމުސާ އޮނިއަން ޕައުޑަރު
- 1 ސައިސަމުސާ އަސޭމިރުސް
- ރަހަލާވަރަށް ލޮނު
- ½ ސައިސަމުސާ ކިއުމިން ޕައުޑަރު
- 1 ސައިސަމުސާ ފުށް
- 1 ފިޔާ (ކުދިކޮށް ކޮށާފައި)
- 3 ލޮނުމެދު (ގާނާފައި)
- 1 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް
- ½ ކޯޑެ މޮޒަރެއްލާ ޗީޒް (ގާނާފައި)
- 1 ސަބްމެރީން ބްރެޑް
- 2 މޭޒުމަތީ ސަމުސާ ބަޓަރު
- ސްލައިސް ޗީޒް
- ބޭނުންވާ ނަމަ ބެލް ޕެޕާ (ކުދިކޮށް ކޮށާފައި)
ސޯސް ތައްޔާރުކުރުމަށް:
- 3 މޭޒުމަތީ ސަމުސާ ކެޗަޕް
- 2 މޭޒުމަތީ ސަމުސާ މަޔޮނައިސް
- 1 ސައިސަމުސާ ޗިލީ ޕައުޑަރު
- 1 ސައިސަމުސާ ގާލިކް ޕައުޑަރު
- 1 ސައިސަމުސާ އޮނިއަން ޕައުޑަރު
- ރަހަލާވަރަށް ލޮނު
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ކުކުޅު، ޗިލީ ޕައުޑަރު، ކޭޖުން ސީޒަނިން، ގާލިކް ޕައުޑަރު، އޮނިއަން ޕައުޑަރު، އަސޭމިރުސް، ލޮނު، ކިއުމިން ޕައުޑަރު، ފުށް އަދި ތެޔޮ އަޅައި އެއްކޮށްލުމަށްފަހު މެރިނޭޓް ކުރުމަށް އެއްފަރާތެއްގައި ބަހައްޓާލާށެވެ.
ކުކުޅުކޮޅު މެރިނޭޓް ވުމުން ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅުތައް ރޯފިލުވާލާށެވެ. ދެން މީގެ ތެރެއަށް ކޮށާފައި ހުރި ފިޔާ އަދި ލޮނުމެދު އެޅުމަށްފަހު ފިޔާކޮޅު ރަތްކޮށްލާށެވެ. އެއަށްފަހު ކްރީމް ޗީޒް އަދި އިރުކޮޅެއް ފަހުން ޗީޒްކޮޅު އަޅައި އެއްކޮށްލާށެވެ.
ސޯސްކޮޅު ތައްޔާރުކުރުމަށް އެހެން ކޮންޓެއިނަރެއްގައި ކެޗަޕް، މަޔޮނައިސް، ޗިލީ ޕައުޑަރު، ގާލިކް ޕައުޑަރު، އޮނިއަން ޕައުޑަރު އަދި ލޮނު އެއްކޮށްލާށެވެ.
ސަބްމެރީން ބްރެޑް ދެ ފަޅިއަށް ފާޅާލުމަށްފަހު މީގެ ތެރޭގައި ދެފަޅީގައިވެސް ބަޓަރު ހާކާލާށެވެ. އެއަށްފަހު ތަވާ މަތީގައި ބްރެޑް ޓޯސްޓް ކޮށްލާށެވެ.
ބްރެޑް ޓޯސްޓްވުމުން އޭގެ ތެރޭގައި ސޯސްކޮޅެއް ފަތުރާލުމަށްފަހު ތައްޔާރުކުރި ކުކުޅުކޮޅު ފަތުރާލާށެވެ. އެއަށްފަހު ކުކުޅުކޮޅުގެ މަތީގައި ސްލައިސް ޗީޒް ބޭއްވުމަށްފަހު ބްރެޑްގެ އަނެއް ފަޅި ބާއްވާލާށެވެ. ދެން މި ސޭންޑްވިޗް ތަވާ މަތީގައި ފިހެލާށެވެ. ނޫނީ ގްރިލްކޮށްލާށެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން، ބުޅަލަކަށް 5،416 ރުފިޔާ ހަރަދުވާނެ:
މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
މިހާރު ވެސް ފެންނަނީ ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނައި މަންޒަރު: އަޒާން
މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ