އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހިދުމަތް ކުރައްވާތާ 21 އަހަރަށް ފަހު، އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގެންފި އެވެ.
ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ. އީސީން ހަބީބް ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ.
އެގޮތުން އީސީގެ މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރީ މާޗު 13، 2013 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ފުރަތަމަ ދައުރު ހަމަވެ ދެ ވަނަ ދައުރަށް އައްޔަން ކުރީ 2019 ގަ އެވެ.
ހަބީބު ވަނީ 2003 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އީސީގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ އީސީއަށް ހިދުމަތް ކުރައްވަން ފެއްޓެވީ އިންތިހާބުގެ މަސައްކަތަށް ވީއްލި މުވައްޒަފެއްގެ ގޮތުގަ އެވެ. އޭރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ނުރަސްމީ ތައުލީމާ ބެހޭ ބައިގަ އެވެ.
އެ ފަހުން އެ ކޮމިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުކަމާއި ޑިރެކްޓަރު ޖެނެރަލްކަމާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްކަން ކުރައްވާފައިވެ އެވެ.
ހަބީބު މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތްކުރަން ލިބުނު 21 އަހަރަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށެވެ.
އަދި އީސީގެ މުވައްޒަފުންނާއި މެންބަރުންނާއި މުވައްސަސާތަކުންނާއި ޕާޓީތަކުންނާއި މީޑިއާގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި