އެންވަޔަރުމެންޓް އެސެސްމެންޓް ރިޕޯޓް (އީއައިއޭ) ރިޕޯޓު ނުހޯދައި ޅ. ހިންނަވަރު މަގު ހެދުމުގެ ސަބަބުން ކޮންސްޓްރަކްޝަން މިނިސްޓްރީ، 200،000 ރުފިޔާއިން ޖޫރިމާނާ ކޮށްފައިވާކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ބުނެފިއެވެ.
އީޕީއޭން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިންވަރު މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އާރްޑީސީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކުން، އީއައިއޭ ކޮންސެޕެޓުގައި ހިމެނިފައިނުވާ މަގުތަކެއް ހެދިކަން ޔަގީންވާ ކަމަށެވެ.
”އެހެންކަމުން، ޅ. ހިންނަވަރުގެ މަގުހެދުމުގެ މަޝްރޫއުގެ އީއައިއޭއާއި ހިލާފަށް، އީއައިއޭ ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކުރުމާ ގުޅިގެން އެ މަސައްކަތުގެ އެދިޔާރަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ކަމުގައިވާތީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ 01 ވަނަ ނަންބަރަށް ރިއާޔަތްކޮށްއެ ގަވާއިދުގެ ޖަދުވަލު(ޖ)ގެ ދަށުން 200،000 ރުފިޔާއިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކް ވަނީ 12 މާޗު 2024 ގައި ޖޫރިމާނާކޮށްފަ“ އީޕީއޭން ބުންޏެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަަމަށް ވެސް އެ މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އީޕީއޭން ބުންޏެވެ.
މީގެ ކުރިން ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ އީއައިއޭ ހިލާފުވުމުގެ ސަބަބުން ޖޫރިމާނާކޮށްފައެވެ.

ގުޅުންހުރި
އީޕީއޭ ނަން ބަދަލުކޮށް މިނިސްޓްރީގެ ސެކްޝަނަކަށް ބަދަލުކޮށްފި
ސްޓޯން ހޮޓެލްސް ހެދީ އީއައިއޭ ފުރިހަމަނުކޮށް, 20,000 ރުފިޔާ އިން ޖޫރިމަނާކޮށްފި
ހިމާޔަތް ކޮށްފައިވާ ފިނޮޅެއްގައި އަލިފާން ގެންގުޅެ، އަޑުގަދަ ކުރުމުން 4 ލައްކަ
ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް 4 ލޭނަށް ފުޅާކޮށް ތާރު އަޅަން
އައްޑޫ ލިންކް ރޯޑާއި މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރަން 830
ވަގުތީ ގޮތުން މިނިސްޓްރީތައް ހިންގާނީ ތަނެއް ކުއްޔަށް ނުނަގައި: ރައީސް