ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތެކެތި ރާއްޖެއަށް އެތެރެކުރި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަބްދުއް ލަތީފް ބަލޮޗް ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން މިއަދު ވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިދީފައެވެ. އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކުރީ އަބްދުއް ލަތީފް ބަލޮޗް ރާއްޖެއައިއިރު އޭނާގެ އަތުގައ އޮތް ދަބަހުން ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނުކަން ސާބިތު ކުރަން ފުލުހުން ހުށަހެޅި ރިޕޯޓަށް ރިއާޔަތް ކޮށެވެ.
އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ އަބްދުއް ލަތީފް ބަލޮޗްއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރީގައި އުޅޭ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާއަކީ ޕާކިސްތާނަށް ނިސްބަތްވާ މީހަކަށްވުމުން، ބަންދުން ދޫކޮށްލައިފިނަމަ ފިލައިފާނެ ކަމުގެ އިހުތިމާލު އޮތް ފަރާތެއް ކަމަށެވެ.
އަބްދުއް ލަތީފް ބަލޮޗް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.


ގުޅުންހުރި
އެމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
ދެމައިންގެ މަރު: އިހުމާލުވި ބަޔަކު ހޯދަން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް
ކައްކާ އާއި ހެލްޕަރާ ދެމެދު ހިންގި މާރާމާރީ: ކައްކާ ހައްޔަރުކޮށްފި، ހެލްޕަރު
ވޭޕް ޖޫރިމަނާގެ ގޮތުގައި ދޮޅުމަސް ތެރޭ 130،500 ރުފިޔާ ހޯދައިފި
ޑްރަގް ކެފޭއެއް ހިންގާ މީހަކާއި ހިދުމަތް ހޯދި ބަޔަކު ހައްޔަރަށް، 60
ރޭ ހިންގި މާރާމާރީގައި ހަމަލާ ދިނީ މަރުތޭލަކުން، ފުލުހަކަށްވެސް އަނިޔާވި