ޖުލައި 4, 2024

ހަފްތާ ބަދިގެ: ޗިކަން ޓިއްކާ ފަރާޓާ ރޯލް

ބޭނުންވާ ތަކެތި

– ކުކުޅު ތައްޔާރުކުރުމަށް:

  • 1 ކިލޯ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
  • 1 ސައިސަމުސާ ރީނދޫ
  • 1 ސައިސަމުސާ ޗިލީ ޕައުޑަރު
  • 1 ސައިސަމުސާ ކިއުމިން ޕައުޑަރު
  • 1 ސައިސަމުސާ ކޮރިއެންޑަރ ޕައުޑަރު
  • ރަހަލާވަރަށް ލޮނު
  • ½ ސައިސަމުސާ އަސޭމިރުސް
  • ½ ޖޯޑު ކުކިންގ އޮއިލް
  • 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
  • 1/3 ޖޯޑު ގްރީކް ޔޯގަޓް
  • 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 1 ޕެކެޓް ކަވާން ފަރާޓާ

 

– ސޯސް ތައްޔާރުކުރުމަށް:

  • 1 ޖޯޑް ގްރީކް ޔޯގަޓް
  • 3 ލޮނުމެދު
  • ރަހަލާވަރަށް ލޮނު
  • 1 ސައިސަމުސާ ހަކުރު
  • 1 މިރުސް
  • ½ ސައިސަމުސާ ކިއުމިން ޕައުޑަރު

 

ތައްޔާރުކުރާނެ ގޮތް

– ކުކުޅުކޮޅު ތައްޔާރުކުރުމަށް:

ކޮންޓެއިނަރަކަށް ކުކުޅުކޮޅު އެޅުމަށްފަހު މީގެ ތެރެއަށް ރީނދޫ، ޗިލީ ޕައުޑަރު، ކިއުމިން ޕައުޑަރު، ކޮރިއެންޑާ ޕައުޑަރު، ލޮނު، އަސޭމިރުސް، ލުނބޯހުތް، ޔޯގަޓް، ކުކިން އޮއިލް އަދި ޓޮމާޓޯ ޕޭސްޓް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މި ކުކުޅުކޮޅު މެރިނޭޓް ކުރުމަށް 30 މިނެޓް ވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު މީގެ ތެރެއަށް މެރިނޭޓް ކުރި ކުކުޅުކޮޅު އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލުވާލާށެވެ.

– ސޯސް ތައްޔާރުކުރުމަށް:

މިކްސަރަށް ޔޯގަޓް، ހަކުރު، ލޮނުމެދު، ލޮނު، މިރުސް އަދި ކިއުމިން ޕައުޑަރު އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

ކަވާން ފާރާޓާއެއް ނެގުމަށްފަހު ތަވާމަތީގައި ރަނގަޅަށް ދެފުށް ފިހެލާށެވެ. އަދި ފަރާޓާ ހިހޫވުމުން މީގެ މަތީގައި ތައްޔާރުކުރި ސޯސް ކޮޅެއް ފަތުރާލުމަށްފަހު ތައްޔާރުކުރި ކުކުޅުކޮޅެއް މި ސޯސްގަނޑު މަތީގައި ފަތުރާލާށެވެ. (ބޭނުންވާ ނަމަ މިންސް ފިޔާ، ކޮރިއަންޑާ، ޗިޕްސް، ލެޓިއުސް އަދި ބެލްޕެޕާ ފަދަ އެޑްއޮންސް ބޭނުން ކުރެވިދާނެއެވެ.). އެއަށްފަހު ރޯލްއެއްހެން ފަރާޓާ އޮޅާލާށެވެ.