ނިމިދިޔަ އަހަރު ދައުލަތަށް އަނބުރާ ހޯދަން އެންގި 50.3 މިލިއަން ރުފިޔާގެ ތެރެއިން ދައުލަތައް އަނބުރާ ހޯދިފައިވަނީ 200،000 ރުފިޔާ ކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އޭސީސީން ވަނީ 74 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް ނިންމައިފައެވެ. އޭގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވަނީ 50.3 މިލިއަން ރުފިޔާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް އެ 50.3 މިިލިއަން ރުފިޔާގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދިފައިވަނީ އެންމެ ދެ ލައްކަ ރުފިޔާ ކަމަށެވެ.
އޭސީސީން ވަނީ 2019 ގައި 160 މިލިއަން ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކުގައި އެދިފައެވެ. 2022 ވަނަ އަހަރު ވަނީ 35 މިލިއަން ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައެވެ.
ދައުލަތަށް އަނބުރާ ފައިސާ ހޯދުމަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިފައިވި ނަމަވެސް އެ ފައިސާ ހޯދުމުގައި އޭސީސީގެ އެއްވެސް މަސްއޫލިއްޔަތެއް ނޯންނާނެ ކަމަށް އޭސީސީން ވަނީ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައެވެ.
ގުޅުންހުރި
ޕީސީއާރު ޓެސްޓުގެ މައްސާލަގައި ކުޑަބަންދޭއާއި ލަތީފަށް ދައުވާ ކުރަން އެދިއްޖެ
ކޮރަޕްޝަނުން ދައުލަތަށް ގެއްލިފައިވާ 1.5 ބިލިއަންގެ ތެރެއިން ހޯދުނީ އެންމެ 100
ފެނަކަ ސައީދަށް ތުހުމަތު ކުރެވޭ ބޮޑު 6 މައްސަލައެއް އޭސީސީން ދަނީ
ކަރަންޓު ބިލުތައް ބޮޑުކޮށްގެން ތިންލައްކަ ރުފިޔާ ނެގި މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށްށްއެދި
ފެނަކައިގެ ކުރީގެ ވެރިން ހިންގިކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތަކެއް އޭސީސީއަށް
ރަސްމާލެ މަޝްރޫއާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގު ކުރަނީ