އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމަށް އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮރުން ދޮރަށް ވަޑައިގަންނަވަން ފައްޓަވައިފި އެވެ.
ރައީސް މިއަދު ދޮރުން ދޮރަށް ވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގަ އެވެ. އެގޮތުން އެ ދާއިރާއަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް އަލީ އިބްރާހިމް (ކައްޕި) އާއެކު މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން އަސުރު ނަމާދަށް ގޮވުމާ ހަމައަށް އެ މަނިކުފާނު ވަނީ އެ ދާއިރާގެ ހަ ގެއަކަށް ވަޑައިގެންނެވި އެވެ.
ރައީސްގެ މިއަދުގެ ދޮރުން ދޮރަށް ހަރަކާތް ނިންމަވާލެއްވީ ރޯޝަނީ މަގުގައި ހުންނަ ކައްޕިގެ ކެމްޕެއިން ޖަގަހައިންނެވެ.
ރައީސް މިއަދު ދޮރުން ދޮރަށް ވަޑައިގެންނެވި އިރު، ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހުގެ ބައެއް ވަޒީރުން އަދި ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރީން އަރިހުގައި ގެތަކަށް ވަޑައިގެންނެވި އެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް: