ޖުލައި 4, 2024

ހަފްތާ ބަދިގެ: ތަންދޫރީ ޗިކަން ޕިއްޒާ

ކުކުޅުކޮޅު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

  • 500ގ ކުކުޅު (ކުދިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
  • 1 ޕްލެއިން ޔޯގަޓް
  • 1 ޕެކެޓް ޝާން ތަންދޫރީ މަސާލާ
  • ޕިއްޒާ ސޯސް
  • މޮޒަރެއްލާ ޗީޒް (ގާނާފައި)

 

ފުށްގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

  • 2 ޖޯޑު ފުށް
  • 3 ސައިސަމުސާ ބޭކިންގ ޕައުޑަރ
  • 1 ޕްލެއިން ޔޯގަޓް
  • 1 ސައިސަމުސާ ލޮނު

 

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ކުކުޅުކޮޅު އެޅުމަށްފަހު މީގެ ތެރެއަށް ޖިންޖާ ގާލިކް ޕޭސްޓް، ޔޯގަޓް އަދި ތަންދޫރީ މަސާލާ އެޅުމަށްފަހު މެރިނޭޓް ކުރުމަށް ހަތަރު ގަޑިއިރު ވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ކުކުޅުކޮޅު މެރިނޭޓްވުމުން ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު ތަވާމަތީގައި ފިހެލާށެވެ.

ފުށްގފަނޑު ތައްޔާރުކުރުމަށް އެހެން ކޮންޓެއިނަރަކަށް ފުށް، ޔޯގަޓް، ލޮނު އަދި ބޭކިން ޕައުޑަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މި ފުށްގަނޑު ޓްރޭއެއްގައި ފަތުރާލުމަށްފަހު މީގެ މަތީގައި ޕިއްޒާ ސޯސް ފަތުރާލާށެވެ. ދެން މީގެ މައްޗަށް ޗީޒްކޮޅެއް ފަތުރާލާށެވެ. ދެން މީގެ މަތީގައި ތައްޔާރުކުރި ކުކުޅުކޮޅު (އެއާއެކު އެހެން އެޑްއޮންވެސް ބޭނުން ކުރެވިދާނެ) ފަތުރާލުމަށްފަހު އަނެއްކާވެސް ޗީޒް ފަތުރާލާށެވެ.

އަވަން 180 ޑިގްރީ ސެލްސިއަސްއަށް ހޫނު ކުރުމަށްފަހު މި ޕިއްޒާ 20 މިނެޓް ނުވަތަ ފުށްގަނޑު ރަނގަޅަށް ފިހެވެންދެން އަވަންގައި ފިހެލާށެވެ.