އެތެރޭގެ އެއާ އެމްބިއުލާންސް ދަތުރުތަކަށް ބޭނުންކުރަން ފަށާފައިވާ ސީޕްލޭންގައި ފުރަތަމަ ބަލި މީހާ މިއަދު އުފުލައިފި އެވެ.
މޯލްޑިވިއަނުން ބުނީ، ދ. ކުޑަހުވަދޫން އިމަޖެންސީ ފަރުވާ ބޭނުންވި މީހަކު ސީޕްލޭން އެއާ އެމްބިއުލާންސްގައި މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ.
މިއީ ސީޕްލޭން އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް އެ ބޯޓު މިދިޔަ ހުކުރު ދުވަހު ތައްޔާރުކޮށް ހިދުމަތަށް ނެރުނު ފަހުން އުފުލި ފުރަތަމަ ބަލި މީހާ އެވެ.
ސިއްހީ ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކޮށް ހިދުމަތް ފެށީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
އެ ހިދުމަތުގައި ބޭނުން ކުރަނީ މޯލްޑިވިއަންގެ ސީޕްލޭންއަކާއި ޑޭޝް-8ގެ މަތިންދާބޯޓެކެވެ. ކުއްލި ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ފަރުވާ ދެވޭނެ ހުރިހާ ސާމާނެއްވެސް ހުންނަ އެ ދެ ބޯޓުގެ ތެރެއިން ސީޕްލޭން ދަތުރުކުރާނީ ދުވާލު ވަގުތު އެކަންޏެވެ. އަދި އޭގައި އުފުލޭނީ އެންމެ ބަލި މީހެކެވެ. މަތިންދާބޯޓުގައި ދެ މީހުން އުފުލެ އެވެ.

ގުޅުންހުރި
އިރު ހުރީ ސީދާ ރާއްޖެއާ ދިމާ މަތީގައި، އެންމެ ހޫނު ގަދަވާނީ
މެޑަމް ސާޖިދާ ގޮވާލެއްވީ މިވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފަށް ޖާގަ
މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން އުޅެނިކޮށް ފަޒީން އިސްތިއުފާ ދެއްވައިފި
މާންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި، މެޑަމް ސާޖިދާ ވިދާޅުވީ ބަލައެއް ނުގަނެވޭނެ
ލަންކާގެ ގޭންގު ލީޑަރަކު މަރާލުމުގައި އިސްކޮށް ހުރި ކަމަށް ބުނާ އިޝާރާ
ދިން ފަހު ފުރުސަތުގައި ވެސް ޖާހުގެ ފްލެޓްތަކެއް ނުނިންމުނު، އެއްބަސްވުން ބާތިލުކޮށްފި