”އަޅުގަނޑު ފޯމުލީ، ކޮންމެހެން ލިބޭނެ ކަމަކަށް ނޫން އަންހެނަކަށްވީމަ، ދެން ލިބިގެން ގެންދިޔައީ، ގެންގޮސްފައި ބުނީ ކުރަންޖެހޭނީ ބުރަ މަސައްކަތޭ، އަޅުގަނޑު ބުނިން އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރެވޭތޯ ބަލާނަމޭ،“
އެއީ މީގެ ހަތަރު އަހަރު ކުރި އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އައްޑޫގައި ކުރަމުން އަންނަ މަސައްކަތަށް މީހުން ބޭނުންވެގެން އިއުލާން ކުރުމުން ކުރިމަތިލި އެކަކީ ސ. ހިތަދޫ/ ހައްވާ އަލީދީދީ (ހައްވައްތަ) އެވެ. ކުރަން ޖެހޭނީ ބުރަ މަސައްކަަތެއް ކަމަށް ބުނި ނަމަވެސް، ހައްވައްތަ ދެއްކީ އާދަޔާ ހިލާފު ހިތްވަރެކެވެ. ކޮންނަންޖެހޭ ތަނެއްވެއްޖެއްޔާ ކޮނުނެވެ. ވޯކްވޭގައި ގާވެސް އެޅިއެވެ. ޓިނާއި ގާ އުފުލީވެސް ފިރިހެނަކަށް ދޫނުކޮށެވެ.
ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު އުމުރުން 54 އަހަރުގެ ހައްވައްތަ އަދިވެސް ހުރީ އާރުޑީސީގެ ފަހުރުވެރި މުވައްޒަފެއްގެ ގޮތުގަ އެވެ. މިއަދު އޭނާއަކީ އާރުޑީސީގެ ކާޕެންޓްރީގެ އެސިސްޓަންޓް އޮފިސަރެކެވެ. އެވެސް ހައްވައްތައަށް ކުންފުނި ތެރެއިން ލިބުނު އިތުރު ތަޖުރިބާއެކެވެ. ދަސްވި އިތުރު ހުނަރެކެވެ. އެކަމުގެ ކާމިޔާބީއަކީ ހައްވައްތަ ބުނާ ގޮތުން ކުންފުނި ތެރެއިން ލިބުނު އެއްބާރުލުމާއި އެހީތެރިކަމެވެ.
”ހައްވަައްތަ އެތަނަށް (ކާޕެންޓްރީއަށް) ވަންއިރު ނޭނގޭނެ އިސްކުރެއް ޖަހަންވެސް. އެ ކުދިން (ކާޕެންޓްރީގެ މުވައްޒަފުން) ހައްވައްތައް ކިޔައިދީގެން ދަސްކޮށްދީ، މިހާރު ހައްވައްތަ އެތާ ކުރަންޖެހޭ ކޮންމެ ކަމެއް ކޮށްގެން، ވަރަށް ހިތްހަމަޖެހޭ، ވަރަށް އެއްބާރުލުންދޭ މަސައްކަތުގެ މާހައުލުގައި،“ ހައްވައްތަ ބުންޏެވެ.
އަތްދަށު ވަޑިއަކަށް ވުމުގެ އުއްމީދުގައި ހުރި ހައްވައްތައަކީ އަންހެނުންނަށް ހުރި ނަމޫނާއެކެވެ. ސާބިތުކޮށްދެމުން އެ ދަނީ އަންހެނުންނަށް ކޮންމެ ކަމެއްވެސް ވާނެކަމެވެ. ބޭނުންވަނީ ހިތްވަރެކެވެ. ފަސްޖެހިފައި ނުހުރެ، ކެރިގެން ކުރިމަތިލުމެވެ. ހައްވައްތަގެ އުއްމީދަކީ ޒުވާން އަންހެން ކުދިން އެ ދާއިރާއަށް ނުކުތުމެވެ.
”ހައްވައްތައަށް ކުރެވެންޔާ ޒުވާން އަންހެން ކުދިންނަށްވެސް ކުރެވޭނެ،“ މިއީ ހައްވައްތަ ދޭން ބޭނުންވާ މެސެޖެވެ.


ގުޅުންހުރި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އެތެރެކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭނެ ގޮތަށް ޑިޖިޓަލް ސިސްޓަމެއް
ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމުގެ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިފި
މި ރޯދަ މަހުވެސް ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ ހުޅުމާލޭ
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން
މި އަހަރުގެ ރޯދަމަހުގެ ރަސްމީ ގަޑިއަކީވެސް ހެނދުނު 9 އިން މެންދުރުފަހު