ޖުލައި 4, 2024

ހަފްތާ ބަދިގެ: ޗީޒީ ޗިކަން ބަންސް

ބޭނުންވާ ތަކެތި

  • 500ގ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ޔޯގަޓް
  • ½ ސައިސަމުސާ އަސޭމިރުސް
  • 1 ސައިސަމުސާ ޗިލީ ޕައުޑަރު
  • 1 ސައިސަމުސާ ކިއުމިން ޕައުޑަރު
  • 1 ސައިސަމުސާ ޕަޕްރީކާ ޕައުޑަރު
  • 1 ސައިސަމުސާ ގާލިކް ޕައުޑަރު
  • ½ ސައިސަމުސާ އަނިއަން ޕައުޑަރު
  • 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
  • ހޮޓް ޑޯގް ބަން
  • މޮޒަރެއްލާ ޗީޒް (ގާނާފައި)

 

ތައްޔާރުކުރާނެ ގޮތް

ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ޔޯގަޓް، އަސޭމިރުސް، ޗިލީ ޕައުޑަރު، ކިއުމިން ޕައުޑަރު، ޕަޕްރީކާ ޕައުޑަރު، ގާލިކް ޕައުޑަރު، އަނިއަން ޕައުޑަރު އަދި ލުނބޯ ހުތް އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލުވާލާށެވެ. އަދި ކުކުޅުކޮޅުން ފެން ހިކެންދެން ކުކުޅުކޮޅު ކައްކާލާށެވެ. އެއަށްފަހު މީގެ ތެރެއަށް ޗީޒްކޮޅެއް އަޅައި އެއްކޮށްލާށެވެ.

ދެން ހޮޓް ޑޯގް ބަން ނެގުމަށްފަހު ބަންގެ މެދު ނަގާލާށެވެ. މީގެ ތެރެއަށް ތައްޔާރުކުރި ކުކުޅުކޮޅެއް އެޅުމަށްފަހު މީގެ މަތީގައި ޗީޒްކޮޅެއް ފަތުރާލާށެވެ. ދެން މި ބަންތައް ހޫނުކުރެވިފައިވާ އަވަންއެއްގައި ޗީޒްތައް ދިޔާވަންދެން ފިހެލާށެވެ.