ބޭނުންވާ ތަކެތި
- 2 ޕެކެޓް ޗިޕްސްމޯ ބިސްކޯދު (ފުނޑުކޮށްފައި)
- 1 ½ ޖޯޑު ކިރު
- 2 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރު
ކްރީމްކޮޅު ތައްޔާރުކުރުމަށް:
- 3 މޭޒުމަތީ ސަމުސާ ބަޓަރު
- 2 ½ މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު
- ½ ޖޯޑު ގެރިކިރު
- ½ ޖޯޑު ވިޕިންގ ކްރީމް
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ފުނޑުކޮށްފައިވާ ބިސްކޯދު, ކިރު އަދި ބޭކިން ޕައުޑަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއެއްގައި ބަޓަރު ހާކައި މި މިކްސް ޓްރޭއަށް އެޅުމަށްފަހު 150 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 25 – 30 މިނެޓް ވަންދެން ފިހެލާށެވެ.
ކްރީމްކޮޅު ތައްޔާރުކުރުމަށް ތަވައަކަށް ބަޓަރު, ކޮކޯ ޕައުޑަރު, ގެރިކިރު އަދި ވިޕިންގް ކްރީމް އަޅައި ރަނގަޅަށް ކައްކާލާށެވެ.
ކޭކް ފިހެވުމުން ހިހޫ ކުރުމަށްފަހު މި ކްރީމް ކޭކުގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު ކޭކު ފްރިޖުގައި 15 މިނެޓް ބަހައްޓާލާށެވެ.




ގުޅުންހުރި
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި