ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ބައެއް ތަންތަން ބަލާ ފާސްކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުގެ ބޭނުމަށް މުސައާ ގުޅޭ ބައެއް ތަންތަން ބަލާ ފާސްކުރަމުން ގެންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މޫސައާ ގުޅޭ ބައެއް ތަންތަން އޭސީސީން ބަލާ ފާސްކުރަމުންދާއިރު، ބީއޭއެމްގެ ތެރެއިން އިދާރީ ގޮތުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގެ ލިޔެކިޔުމާއި މައުލޫމާތު ހޯދުމަށް އޭސީސީން މިދިޔަ އަންގާރަ ދުވަހު ވަނީ އެ އެސޯސިއޭޝަނަށް ވަދެފަ އެވެ.
ބީއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައި މިވަނީ އިއްޔެ އައްޑޫ އިކުއެޓޯރިއަލް ވިލެޖުގައި ބާއްވަން ތާވަލުކުރި ބީއޭއެމްގެ އިންތިހާބު މައްސަލަގަނޑެއްގެ ތެރޭގައި އޮއްވަ އެވެ. އެގޮތުން މިހާރު ފަސްކޮށްފައިވާ އެ އިންތިހާބު ބާއްވަން އުޅުނު ގޮތުން، އެ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އޮތީ ވިދާޅުވެފަ އެވެ.
އެ އެސޯސިއޭޝަންގެ އިންތިހާބު ފަސްކުރަން ތޮލާލް އެންގެވީ މޫސައާ ގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާކަމުގެ ތުހުމަތުތަކުގެ ޝަކުވާތަކާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުނުކޮށް ކުރިއަށްދާތީ އެވެ.
މޫސައާ ގުޅޭ ގޮތުން ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި އޭނާގެ މައްސަލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުމާއި އޭނާގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަން ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮތުމާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮފްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލުތަކެއް ހެދުމާ ގުޅޭ ވޯޓުލުން ކުރިއަށް
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ
އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނަކަށް ބްރިޓިޝް
ގޯލަކާއެކު ވެސް ރައީސްގެ ޓީމަށް ނާކާމިޔާބީ، އިންފަންޓީނޯގެ ޓީމު މާ ވަރުގަދަ!
މާތް ﷲގެ ވަލިއްޔުންގެ ދަރަޖައަކީ ނަބިއްޔުންނާއި ޝަހީދުންވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި