ވިއެޓްނާމް މީހެއްގެ ބަނޑުން ދިރިދިރި އޮތް ވެނެއް ނަގައިފި އެވެ.
ގުއާންގް ނިން ޕްރޮވިންސަށް އުފަން އުމުރުން 34 އަހަރުގެ އެ މީހާ މިދިޔަ ބުދަ ދުވަހު ހައި ހާ ޑިސްޓްރިކްޓް މެޑިކަލް ސެންޓަރަށް ދެއްކީ ވަރަށް ގަދައަށް ބަނޑުގައި ރިއްސާތީ، ކެތް ނުވެގެންނެވެ. އަދި ވަގުތުން އެކްސްރޭ އަކާއި އަލްޓްރާސައުންޑެއް ހޮސްޕިޓަލުން ހެދިއެވެ.
ޓެސްޓުތަކުން ބަނޑުގެ ތެރޭގައި ފޮރިން ބޮޑީއެއް އުޅޭކަމާއި އޭގެ ސަބަބުން ބަނޑުގެ ލައިނިންތައް ރަތްވެ ދުޅަވެފައިވާކަން ފާހަގަވުމުން ފޮރިން ބޮޑީ ނެގުމަށް ޑޮކްޓަރުން ވަގުތުން އެމަޖެންސީ ސާޖަރީއަކަށް ދިޔަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އޭނާގެ ބަނޑު ތެރެއިން ފެނުނު ފޮރިން ބޮޑީއަކީ 30 މީޓަރު ނުވަތަ ފޫޓެއްހާ ދިގު ވެނެކެވެ. މީހާގެ ފުރަގަސްފަރާތުން ވަދެގެން، ބަނޑުތެރެއަށް ވަން ކަމަށް ބެލެވޭ އެ ވެން ނެގި އިރުވެސް އޮތީ ދިރިދިރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވެން ނެގުމަށް ކުރި އޮޕަރޭޝަން ކާމިޔާބު ވެފައިވާއިރު، މީހާގެ ހާލުވެސް ދަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ބަނޑު ތެރޭގައި އެ ވެން ދިރިދިރި އޮތުން ޑޮކްޓަރުންނަށް ވެފައިވަނީ ހައިރާން ކުރަނިވި ކަމަކަށެވެ.




ގުޅުންހުރި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ