ސާޅީސް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރި މީހުންގެ ތެރެއިން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިފައިނުވާ މީހުންގެ ރެކޯޑް، ރައީސް އޮފީހުން ހޯދުމަށްފަހު ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސާޅީސް ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރި މީހުންގެ ތެރެއިން ވަޒީފާއިން ވަކިވެފައިވާ މީހުންނަށާއި ވަޒީފާގައި ދެމި ތިބި މީހުންނަށް މިދިޔަ އަހަރު ވަނީ އިނާމު ދީފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ނިންމަވާފައިވަނީ ދައުލަތުގެ ވަޒީފާއިން ވެކިވެފައިވާ މީހުންނާއި ވަޒީފާގައި ދެމި ތިބި މީހުންގެ ކުށާއި ދަރަނީގެ ރެކޯޑާއި އަދާކުރި ވަޒީފާތަކާއި ވަޒީފާ އަދާކުރި ގޮތުގެ ތަފުސީލު މައުލޫމާތު، އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ މީހުންނަށް އިނާމު ދިނުމަށް ކަމަށެވެ.
އެގޮތަށް ރައީސް ހަމަޖެއްސެވީ ރައީސް އޮފީހުން ބުނި ގޮތުގައި ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރުމަށްފަހު ވަޒީފާއިން ވަކިވެފައިވާ ގިނަ މީހުންނަށް، އެ މީހުންގެ އަމިއްލަ ރެކޯޑުތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވުމާއި އޭރު އެ މީހުން ހިިދުމަތް ކުރި ބައެއް މުއައްސަސާތައް އުވާލާފައިވުމާއެކު މައުލޫމާތު އެއްކުރުމުގައި ދަތިތަކެއް ކުރިމަތިވާނެތީ އެކަމަށް ހައްލެއް ގެނެސްދެއްވުމަށެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި، އެ މީހުން އިނާމަށް ނަން ހުށަހަޅާކަށް ނުޖެހޭނެ އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ދޭން ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.




ގުޅުންހުރި
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!
އާ އަހަރަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ދިވެހީންގެ ގައުމީ ހަޔާތުން ފެންނަ އެންމެ ރީތި އެއް ސިފައަކީ ދިވެހީންގެ