ބޫނުންވާ ތަކެތި
- 1/3 ޖޯޑު ތެޔޮ
- 1/3 ޖޯޑު ކިރު
- ½ ޖޯޑު ކޭކު ފުށް (1:1 ގެ މިންވަރަށް އާދައިގެ ފުށް އަދި ކޯންފްލާ)
- 4 މޭޒުމަތީ ސަމުސާ ކޯންފްލާ
- 6 ބިސް (ހުދުބައި އަދި ގޮބޮޅި ވަކިކޮށްފައި)
- 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
- 1 ޖޯޑު ހަކުރު
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ކިރު އަދި ތެޔޮކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބިހުގެ ގޮބަޅި، ފުށް އަދި ކޮކޯ ޕައުޑަރު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ދެން އެހެން ކޮންޓެއިނަރެއްގައި ބިހުގެ ހުދުބައި އަދި ލުނބޯ ހުތްކޮޅު އެޅުމަށްފަހު މިކްސަރުން ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން މަޑުމަޑުން ހަކުރު އަޅަމުން އެއްކުރަމުންދާށެވެ. މިގޮތަށް މިކްސް ކުރަމުންދާނީ ބިހުގެ ހުދުބައި ޝޭޕުއަކަށް ވަންދެނެވެ.
ދެން ޗޮކްލެޓް ބެޓާކޮޅުގެ ތެރެއަށް ½ ޖޯޑު އެގްވައިޓް އަޅައި ރަނގަޅަށް އެއްކުރަމުންދާށެވެ.
ދެން ޗޮކްލެޓް މިކްސްކޮޅު ލައިޓްވުމުން މި މިކްސްކޮޅު އެގްވައިޓް ކޮޅުތެރެއަށް އަޅައި އެއްކޮށްލާށެވެ. ބޭކިން ޕެޕާ ޓްރޭއަކަށް އަޅައި 150 ޑިގްރީގައި މި ކޭކް 25 މިނެޓާއި 30 މިނެޓާ ދޭތެރޭ ފިހެލާށެވެ.
ކޭކު ހިހޫވުމުން ކައިރިތައް ރީތިކޮށް ކަފާލާށެވެ. އެތެރޭގައި ވިޕިން ކްރީމްކޮޅެއް އުނގުޅާލުމަށްފަހު ރޯލް ކުރަމުން ފޯލްޑް ކުރަމުން ދާށެވެ.
ބޭނުންނަމަ ރޯލް ކޭކްގެ މަތީގައި ގަނާޗޭ އަދި ބަޓަރު ކުރީމް އުނގުޅާލެވިދާނެއެވެ.

ގުޅުންހުރި
ޗަމްޕާ އާއިލާ އިން ދިއްފުއްޓަށް ކުނި މެނޭޖުކުރާ މެޝިނަރީޒް ހަދިޔާކޮށްފި
ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގައި ތާށިވެއްޖެ!
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ހިލޭސާބަހަށް މަސައްކަތް ކުރަން ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ