މިފްކޯއިން، ތައިލެންޑަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތައް ރިޖެކްޓްކުރުމުގައި މިފްކޯގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން ހިމެނޭކަމަށް މިފްކޯގެ ސީއީއޯ ބިއުރޯގެ ސެކްރެޓޭރިއަޓް އިބްރާހިމް ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ސީއީއޯ އަހުމަދު ސަމާހު ރަޝީދު މަގާމުން ސަސްޕެންޑް ކުރުމަށްފަހު ބޮޑެތި ހިޔާނާތްތަކެއް ހިންގަމުންދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ނުއަގުގައި މުދާ ގަތުމުގައި ޕްރޮކިއުމެންޓް މަސައްކަތް ކުރަމުންދާ ކަމަށެވެ.
”މި ހަމަލާ ،{ސީއީއޯ ސަސްޕެންޑް ކުރުން} އެބަ ތުހުމަތު ކުރެވޭ ތައިލެންޑުގެ މި ވިޔަފާރީގައި ތިބި ބައެއްގެ ޕޭރޯލްގައި މިފްކޯގެ މުވައްޒަފުންތަކެއް ތިބިކަން. ބަލަން އެބަޖެހޭ އެކަމުގައި ޕީސީބީ ވެސް އޮތީ ގުޅިފައިތޯ،“ އިބްރާހިމް ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަމާހު ވިދާޅުވީ މިފްކޯގެ ކުރީގެ މެނޭޖުމެންޓުން ވަނީ ތެޔޮ ވިއްކައިގެން ފޫނެއް ބޯޓެއް ގަތުމަށްފަހު އެއީ ސައްހަ މުއާމަލާތެއްކަން ދެއްކުމަށް އޮޑިޓް ރިޕޯޓު ބަދަލުކޮށްފައި ކަމަށެވެ.




ގުޅުންހުރި
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ