ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިގެ ހަރަދުގައި ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރުމުގެ ހިދުމަތް ދޭން ފެށޭނީ ކޮންއިރަކުންތޯ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތަކުރާރުކޮށް އެއްސެވުމުން ވެސް، ސޯޝަލް އަދި ފެމިލީ މިނިސްޓަރު އާއިޝަތު ޝިހާމް އެ ސުވާލަަށް ޖަވާބެއް ނުދެއްވި އެވެ.
ބޭހަށް ގޮސް ހުންނާނެ ތަނުގެ ހަރަދާއެކު ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރައްވާނެ ކަމަށް ރައީސް ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ޖެނުއަރީ 13، 2024ގަ އެވެ. އެ ދުވަހު ރައީސް ވިދާޅުވީ އާސަންދައިގެ ހިދުމަތަކީ ވަކި ގައުމެއްގެ މެޑިކަލް ފެސިލިޓީތަކުން ލިބޭ ހިދުމަތެއްގެ ބަދަލުގައި، އެ ހިދުމަތް އެހެން ގައުމުތަކަށްވެސް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ އެ ނިންމުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު އާއިޝަތު ޝިހާމް ހާޒިރުކުރުމުން ގިނަ މެންބަރުން ވަނީ އެ ހިދުމަތް ދެވެން ފެށޭނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. ނަމަވެސް ތާރީހަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުނުވެ، އާއިޝަތު ޝިހާމް ވިދާޅުވަމުން ގެންދެވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާ އަވަަހަކަށް އެ ހިދުމަތް ފެށުމަށް ކަމަށެވެ.
އައިޝަތު ޝިހާމް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ދެން ބަދަލު ކުރަން ނުޖެހޭނެ ފަދަ ސަސްޓެއިނަބަލް ނިޒާމެއް ގާއިމް ކުރުމަށް ކަމަށާއި ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމު ކުރައްވާނެ ކަމަށެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ކޯޓަށް ހާޒިރުކުރުމަށް މަންޑޭ ހައްޔަރުކޮށްފި
ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ދިވެހީންގެ ގައުމީ ހަޔާތުން ފެންނަ އެންމެ ރީތި އެއް ސިފައަކީ ދިވެހީންގެ
ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ, ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން ދަނީ އިތުރުވަމުން:
ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ތިން ޒުވާނަކު ހައްޔަރުކޮށްފި